ކުޅިވަރު

ރާއްޖެ-ޗައިނާ މެޗުގެ ސްކޯ ދިމާކޮށްގެން ވާވޭ ފޯނެއް

Sep 10, 2019
3

ދިވެހި ގައުމީ ފުޓުބޯޅަ ޓީމް މިރޭ ގަލޮޅު ގަނޑުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ވޯލްޑް ކަޕް ކޮލިފައިންގެ މި މެޗު ފެށެން ކުޑަ ތަންވެފައިވާއިރު ޗައިނާގެ މަޝްހޫރު "ވާވޭ" ފޯނެއް ހޯދުމުގެ ފުރުސަތު މި ވަނީ ދިވެހިން ނަށް ހުޅުވާލާފަ އެވެ.

ވާވޭ އުފެއްދުންތަކުގެ ރާއްޖޭގެ އެޖެންޓް، މެކްސްކޮމް ޓެކްނޮލޮޖީސް އިން ފެށި "ގެސް ދަ ސްކޯ އެންޑް ވިން" ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތަށް ލިބޭނީ ވާވޭ ވައި7 ޕްރޯ ފޯނެކެވެ. އެ ކުންފުނީގެ ފޭސްބުކްގައި "ގެސް ދަ ސްކޯ އެންޑް ވިން" މިރޭ 10:00 އާ ހަމަ އަށް ކުރިއަށްދާނެ އެވެ. އެންމެ ގިނަ އިން ސްކޯ ދިމާކުރާ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ނަގައި ދެ ދުވަހުގެ ތެރޭގައި ނަސީބުވެރިޔާއަށް ފޯނު ހަވާލު ކުރާނެ އެވެ.

ރާއްޖެ އާއި ޗައިނާ ބައްދަލު ކުރާ މެޗު ފަށާނީ މިރޭ 8:00 ގަ އެވެ.

ދުނިޔޭގައި އެންމެ ގިނަ އިން ވިކޭ ފޯނުގެ އެއް ބްރޭންޑް ކަމަށްވާ ވާވޭ އިން ނެރެފައިވާ ވައި 7 ޕްރޯއަކީ ރީތިކޮށް ފޮޓޯ ނެގޭ ހާއްސަ ސިފަ ތަކެއް އެކުލެވިގެންވާ މޮޅު ފޯނެކެވެ.