އެސްޓީއޯ

ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސަރަކަށް އެސްޓީއޯ

ކުރިޔަށް އޮތް ފަސް އަހަރަށްވެސް ޓޮޕް އެޗީވާސް އެވޯޑްގެ ސްޕޮންސަރަކަށްވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެޑިއުކޭޝަން މިނިސްޓްރީއާއެކު މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދު އެވެ.

އެސްޓީއޯއިން ވަނީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސްއަހަރުވެސް ސްޕޮންސާ ކޮށްފަ އެވެ. އަދި، މިއީ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސާ ކުރާ 10 ވަނަ އަހަރުކަންވެސް އެ ކުންފުނިން ފާހަގަ ކުރި އެވެ.