ވިޔަފާރި

ޓޫރިޒަމް އިޝްތިހާރު ކުރަން ހިޔާލު ހޯދައިފި

Sep 13, 2019
2

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ ފަރާތްތަކުގެ ހިޔާލު ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރުނބާ މޯލްޑިވްސްގައި މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އިވެންޓަކީ ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި ސަފާރީ އުޅަނދު ތަކާއި ޓްރެވަލް އެޖެންސީތައް ގުޅިގެން ބޭއްވި އިވެންޓެއް ކަމަށެވެ. އެ އިވެންޓްގައި ރާއްޖޭގެ ޓޫރިޒަމްގެ އިސް ފަރާތް ތަކުން ބައިވެރިވެފައިވާ ކަމަށެވެ

އެ އިވެންޓް ބޭއްވީ ކުރިއަށް އޮތް އަހަރަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ކުރިއަށް ގެންދާނެ ގޮތަކާމެދު ހިޔާލު ހޯދަން ކަމަށް ވެސް ބުންޏެވެ.

އެމްއެމްޕީއާރްސީން ވަނީ މި އަހަރު ރާއްޖެ ޕްރޮމޯޓް ކުރަން 23 މާކެޓިން ހަރަކާތެއް ހިންގާފަ އެވެ.

މި އަހަރުގެ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 1.1 މިލިއަން މީހުން ވަނީ އައިސްފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މި އަހަރުގެ ނިޔަލަށް 1.5 މިލިއަން މީހުން ރާއްޖެ ގެނައުމަށެވެ.