ސައުދީ އަަރަބިއްޔާ

ސައުދީ ތެޔޮ ކުންފުންޏަކަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފި

ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި އަރަމްކޯއަށް އަމާޒުކޮށް ޑްރޯން ހަމަލާތެއް ދިނުމާއި ގުޅިގެން އަލިފާން ރޯވެއްޖެ އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ހަމަލާގެ މައުލޫމާތު ދެމުން ބުނީ، ޑްރޯން ހަމަލާތެކެއް ދީފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ޑްރޯން ހަމަލާގައި މީހަކަަށް އަނިޔާވި ކަމުގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ސައުދީއަށް އަމާޒު ކޮށްގެން ޑްރޯން ހަމަލާދީފައި ވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ އަދި ހޫތީ ޖަމާއަތުން އުފުލާފައި ނުވެ އެވެ. އަރަމަކޯ ތެޔޮ ކުންފުންޏަކީ މެދު އިރުމަތީގެ ގައުމުތަކަށް ތެޔޮ އެސްޕޯޓް ކުރާ މައި ކުންފުންޏެވެ. ކޮންމެ ދުވަހަކު ހަތް މިލިއަން ފީފާ ތެޔޮ އަރަމަކޯ ކުންފުން އެކްސްޕޯޓް ކުރެ އެވެ.

އަރަމަކޯ ކުންފުނިން ބުނީ، ހަމަލާގެ ސަބަބުން އެ ކުންފުނީގެ ބައެއް މަސައްކަތް ހުއްޓިފައިވީ ނަމަވެސް އެކަމުގެ ސަބަބުން ދަތިކަމެއް އަޔަ ނުދޭނެ ކަމަށެވެ. މީގެ ކުރިން 2006 ވަނަ އަހަރު އަލްގައިދާގެ ޓެރަރިސްޓަކު ވަނީ ޖާނު ގޮއްވާލައިގެން އަރަމަކޯ ކުންފުންޏަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފަ އެވެ.

ޑްރޯން ހަމަލާ ދީފައިމިވަނީ، ސައުދީގެ އެނާޖީ މިނިސްޓަރުގެ ކަމުގެ މަގާމަށް ކިންގް ސަލްމާން ބިން އަބްުދުއްއަޒީޒުގެ ކޮއްކޯފުޅު އައްޔަން ކުރައްވައި، ތެލުގެ އަގު ބޮޑު ކުރުމަށް ނިންމާފައި ވަނިކޮށެވެ.