ހަބަރު

ފޯނަކާއި ކެމެރާއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Sep 14, 2019
1

ފޯނަކާއި ކެމެރާއެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:15 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އެ މީހާ ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށާއި އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަން ފޯނަކާއި ކެނޮން ކެމެރާއެއް ފެނިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.