ހަބަރު

ކަތުރުފަނި ނައްތާލަން ކްރިމިނަލް ކޯޓްގެ ޝަރީއަތްތައް ކެންސަލް

Sep 15, 2019
3

ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރުފަނި އަޅާފައިވާތީ އެ އިމާރާތުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކުރާތީ މިއަދަށް ތައާވަލުކޮށްފައިވާ ހުރިހާ ޝަރީއަތްތަކެއް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި އެވެ. އެގޮތުން ހަފްތާ ބަންދާއި މިއަދުވެސް ބަންދުގެ މުއްދަތުތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާއިރު، އެކަން ކުރިއަށް ގެންދަނީ ޖަސްޓިސް ބިލްޑިންގުގަ އެވެ.

މިއަދުގެ ޝަރީއަތްތައް ކެންސަލްކުރި، މިއަދަށް 68 މައްސަލައެއް ތާވަލްކޮށްފައިވާކަން ކޯޓުގެ ވެބްސައިޓްގައިވާ ތާވަލުން އެނގެ އެވެ. އެގޮތުން ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައާ އޮޓޯ ގަރާޖު ކައިރީގައި 14 އަހަރުގެ އިސްމާއިލް ސައްފާނު މަރާލި މައްސަލައިގެ އިތުރުން އެމްއެމްއޭ ކައިރީގައި މަރާލި އިބްރާހިމް އާގިލްގެ މައްސަލަ ވެސް ހިމެނެ އެވެ.