ދިރާގު

ދިރާގު ޓީވީއަށް ސަަބްސްކްރައިބް ކޮށްގެން ޑިޒްނީ ލޭންޑަށް

ދިރާގު ޓީވީ ކަސްޓަމަރުންނަށް ހާއްސަކޮށް ލަކީ ޑްރޯ ޕްރޮމޯޝަން އެއް ފަށައިފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި، އެ ކުންފުނީގެ ކޮންޓެންޓް މާކެޓިން އެގްޒެކެޓިވް، ސުމާ މުނީރް ވިދާޅުވީ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޝަންހާއީގެ ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު، ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ލަކީޑްރޯ އިން ހޮވާލެވޭ ފަރާތަށް އާއިލާއާއެކު ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތެއް ދިރާގުން ދީފައިވާއިރު ޝެންހާއީގައި ފަސް ދުވަހު ހުރުމުގެ ފުރުސަތު ވެސް ދެ އެވެ.

"ދިރާގު ޓީވީގެ ފަރާތުން މި ހުށަހަޅަނީ އާއިލާއަށް ފަސް ދުވަހުގެ ދަތުރެއް. ޝެންހާއި އަށް ދިއުމުގެ. މި ދަތުރުގައި ހަތަރު ފަރާތަށް ބައިވެރި ވެވޭނެ. މި ލަކީޑްރޯ ކެޕްމެއިންގެ ތެރޭގައި ހިމެނޭނީ ޝެންހާއީ އަށް ދިއުމުގެ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން އަދި ޑިޒްނީ ލޭންޑަށް ދިއުމުގެ އެއްދުވަހުގެ ޓިކެޓު. އެއީ ހަތަރު ބޭފުޅުންނަށް"

ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީގެ ހަތަރު ޗެނަލް އެއް މިހާރު ދައްކަ އެވެ. އެގޮތުން، ޑިޒްނީ ޖޫނިއާ، ޑިޒްނީ އިންޓަނޭޝަނަލް ފަދަ ޗެނަލްތައް ހިމެނޭއިރު މިއަދު ފެށި މި ކެމްޕެއިންގެ މަގްސަދަކީ ޑިޒްނީގެ ޗެނަލްތައް ދިރާގު ޓީވީ މެދުވެރިކޮށް ދެއްކުން ޕްރޮމޯޓް ކުރުން ކަމުގައި ދިރާގުން ބުންޏެވެ.

"މި ޕްރޮމޯޝަންގެ އެެއްބައި އެއީ، ޑިޒްނީ ޗެނަލްތައް މެދުވެރިކޮށް ކިޑްސް އަށް ޓާގެޓްކޮށްފައި ފެމިލީ އަށް ޓްރިޕެއް ހަދިޔާ ކުރުން. ކޮންމެ ކުޑަކުއްޖެއްގެ ވެސް އުއްމީދެއް އެއީ ޑިޒްނީ ލޭންޑަށް ދިއުން. ޑިޒްނީ ކެރެކްޓާސް އާ އެކީގައި، އެތަން އެކްސްޕީރިއެންސް ކޮށްލަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޑްރީމް އެއް. އެހެންވީމަ އެ ހުވަފެން ހަގީގަތަކަށް ހަދައިދޭން އަޅުގަނޑުމެން ބޭނުންވަނީ" ދިރާގުގެ އެޑްވަޓައިޒިން އެންޑް އިވެންޓްސްގެ އެސިސްޓަންޓް މެނޭޖާ، ހަސަން ޝާރިހް ވިދާޅުވި އެވެ.

މިއަދު ފެށި މި ޕްރޮމޯޝަންގައި ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްފައި ހުރި ފަރާތްތަކާއި، އަލަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެ އެވެ. މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ ނިޔަލަށް ބާއްވާއިރު ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރި ފަރާތް ހޮވާނީ ލަކީ ޑްރޯ އަކުންނެވެ.