ހަބަރު

ޓޫރިޒަމް އިސްތިހާރު ކުރަން ސޯޝަލްމީޑިއާ ޓީމެއް ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ން އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ތަކެއް ގެނެސްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އެކަމަކީ ފުޅާދާއިރާއެއްގައި ރާއްޖެ އިޝްތިހާރު ކުރަން އެކުންްފުނިން މިއަހަރު ކުރިއަށް ގެންދާ އެފަދަ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަަމަށެވެ.

އިންފްލުއެންސަރުން ތިބޭނީ ޑައިމަންޑްސް އަތުރުގާ އާއި ލަކްސް ސައުތު އަދި ރީތިފަރު ރިސޯޓްގަ އެވެ.

މި ދަތުރުގައި ރާއްޖޭގެ ސަގާފަތާއި، ކަނޑު އަޑީގެ ރީތިކަން ތަޖުރިބާކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކާއި މުރަކަ ދިރުވާ އާލާ ކުރަން އެ ރިސޯޓުތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ދެނެގަތުމުގެ އިތުރުން މުނިފޫހި ފިލުވުމާއި ކުޅިވަރުތަކުގައި ބައިވެރިވާނެ އެވެ.

އެކުންފިނިން ބުނީ މި ދަތުރުގައި ކުރާ ތަޖުރިބާތައް އިންފްލުއެންސަރުންގެ ސޯޝަލްމީޑީއާ އެކައުންޓު ތަކާއި ބްލޮގް ތަކުގައި ހިއްސާކުރާނެ ކަމަށާއި، އެ މާކެޓިންގް ހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން އެމެރިކާގެ ފަތުރުވެރިންނާ ހިއްސާކޮށް ސަމާލު ކަމަށް ގެނައުން ކަމަށެވެ.

ދަތުރު ނިންމާލުމަށްފަހު މި ޓީމް ރާއްޖެއިން ފުރާނީ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ބޭރުގެ ނޫސްވެރިނާއި ސޯޝަލް މީޑިއާގެ ޓީމްތައް ރާއްޖެ ޖެގެނެސް ރާއްޖެގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށައި ޕްރޮމޯޓް ކުރާއިރު ރާއްޖެއިން ބޭރުގައި ހިނގާ ހަރަކާތްތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރި ކުރެ އެވެ. ނަމަވެސް މިހާރު ދިވެހި ނޫސްވެރިންނަކަށް އެ ފުރުސަތެއް ނުދެ އެވެ.