ބޭންކް އޮފް މޯލްޑިވްސް

ޓެނިސް ޓީމުގެ ސޮޕްންސާއަކަށް ގައުމީ ބޭންކު

Sep 17, 2019
1

ރާއްޖޭގެ ކުޅިވަރުތަށް ތަރައްގީކޮށް ކުރި އެރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން މޯލްޑިވްސް ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސާޝިޕް އެއްބަސްވުމެއްގައި މިއަދު ބީއެމްއެލްއިން ސޮއިކޮށްފި އެެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރު އެވެ. އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން ޓެނިސް ކުޅުންތެރިންގެ ހުނަރު އިތުރުކޮށް ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައި ދިނުމުގެ މަސައްކަތް ތިން އަހަރު ވަންދެން ކުރާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ، މިއަހަރަކީ ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ބާއްވާތާ 50 އަހަރު ފުރޭ އަހަރަށްވުމުން، ޓެނިސް ޓީމާއެކު ވެވުނު ސްޕޮންސާޝިޕް އެއްބަސްވުމުން ހާއްސަވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި ޓެނިސް މަގްބޫލު ކުޅިވަރަކަށް ވަމުން އަންނައިރު ޓެނިސް އޭސޯސިއޭޝަނުން މޮޅު ކުޅުންތެރިން އުފައްދަމުން އަންނަކަން ބީއެމްއެލްއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ޓެނިސް ޓީމަށް ބީއެމްއެލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ބޭންކަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލްއަކީ އަބަދުވެސް ރާއްޖޭގެ ކުޅިވަޅުތަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. ގައުމީ ފުޓްބޯޅާ ޓީމުގެ މައި ސްޕޮންސާއަކީ ވެސް ބީއެމްއެލް އެވެ. މީގެ އިތުރުން ބާސްކެޓް އެސޯސިއޭޝަން އާއި ސުވިމިން އެސޯސިއޭޝަންގެ ނޭޝަން ވައިޑް ޕާޓްނާއަކީ ވެސް ބީއެމްއެލް އެވެ.