ވިޔަފާރި

އަލިފާނުގެ ހާދިސާއާ ގުޅިގެން އުރީދޫ ނަމްބަރުތަކަށް ގުޅުން، ވައިބާ ޓުވިޓާ ހިލޭ

Sep 21, 2019

ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ އަލިފާން ރޯވެ، ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އުރީދޫ ނަމްބަރު ތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ގައުމަށް ދިމާވި ހިތާމައިގާ ބައިވެރިވެ އުރީދޫ ނަމްބަރު ތަކަށް ކުރާ ކޯލު ތަކާއި ވައިބާ އަދި ޓްވިޓާ މިއަދު ހިލޭ ގުޅޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފުރާނަ އެއް ގެއްލި އަދި އެތަކެއް ގެދޮރާއި މުދަލަށް ގެއްލުން ލިބުނު ހަބަރު އެ ކުންފުނިން އެހީ ނުހަނު ފުން ހިތާމަޔާއި ހިތްދަތިކަމާ އެކުގައި ކަމަށެވެ. އަދި މި ހިތާމާގައި އެ ކުންފުނިން ބައިވެރިވާ ކަމަށް ބުނެފައިވެ އެވެ.

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މީހަކު މަރުވުމުގެ އިތުރުން ހަތް ގެއަކަށް ގެއްލުންވެ، އެތައް ސަތޭކަ ބައެއް ވަނީ ހާލުގަ ޖެހިފަ އެވެ.