ވިޔަފާރި

ޓީއެމްއޭއިން ހަތަރު ސީޕްލޭން ގެންނަނީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ހަތަރު ސީޕްލޭނެއް ގެނައުމަށް ނިންމާފައިވާ ކަމަށް ޓީއެމްއޭއިން އިއުލާން ކޮށްފި އެވެ.

ޓީއެމްއޭއިން މިއަދު ނެރުނު ޕްރެސް ރިލީޒެއްގައި ވަނީ އެ ކުންފުނީގެ ސީޕްލޭން އިތުރު ހަތަރު ސީޕްލޭނެއް ހިމަނަން ނިންމާފައިވާ ކަމަށެވެ. ޓީއެމްއޭގައި މިހާތަނަށް 52 ސީޕްލޭން ބޭނުން ކުރާއިރު، އިތުރަށް ގެންނަ ހަތަރު ސީޕްލޭނާއެކު ޓީއެމްއޭގެ ސީޕްލޭންގެ އަދަދު 56 އަކަށް އަރާނެ އެވެ.

ޓީއެމްއޭއިން ގެންނަ ހަތަރު ސީޕްލޭންގެ ތެރެއިން ފުރަތަމަ ސީޕްލޭން ވަނީ މިއަދު ޕޯޗުގަލްގެ ސެންޓަ މާރިއާއިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފަ އެވެ. އަނެއް ތިން ސީޕްލޭން ވެސް ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ޓީއެމްއޭއިން ބުންޏެވެ.

ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓަށް ޓީއެމްއޭގެ ސީޕްލޭންތަކުގައި ޓޫރިސްޓުން އުފުލަ އެވެ. ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސީޕްލޭން އޮޕަރޭޓަރެވެ.