ވިޔަފާރި

ޖޮބް ފެއާއަށް ރޭ ހާހަކަށްވުރެ ގިނަ މީހުން ދިޔަ

Sep 29, 2019

ޓޫރިޒަމް ޖޮބް ފެއާއަށް ރޭ އެކަނި 1،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތުގެ ތެރޭ ހިމެނޭ ޓޫރިޒަމް ޖޮބް ފެއާ މިރޭގެ ނިޔަލަށް ފަރުކޮޅު ފުށީގައި ކުރިއަށް ދާނެ އެވެ.

ޓޫރިޒަމް ޖޮބް ފެއާގައި 67 ރިސޯޓަކުން 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ޓޫރިޒަމް ޖޮބް ފެއާ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށާ މި ފެއާއަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ޖޮބް ފެއާއެއް ކަމަށެވެ.

ފެއާގައި ބައިވެރި ވާން ބޭނުންވާ ފަރާތް ތަކަަށް މާލެ ދެ ނަމްބަރު ފާލަން ސަރަހައްދުން ކޮންމެ 30 މިނެޓަކުން ދެވޭ ގޮތަށް އިންތިޒާމު ކޮށްފައިވެ އެވެ. ޖޮބް ފެއާގައި ވަޒީފާގެ ފުރުސަތުގެ އިތުރުން އިންޓާންޝިޕް ފުރުސަތުތައް ވެސް ހުޅުވާލާފައިވެ އެވެ.