ވިޔަފާރި

މޯލްޑިވްސް އިކޮނޮމިކް ރިވިއު ޖާނަލް ނެރެފި

Sep 30, 2019

އިގްތިސޯދީ މުހިންމު މައުލޫމާތުތަކާއެކު މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ ނަމުގައި ޖާނަލްއެއް ނެރެން ފަށައިފި އެވެ.

ގައުމީ ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ޖާނަލް ނެރެދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

މި ޖާނަރަލްގެ ލިއުންތައް ތައްޔާރުކޮށްފައި ވަނީ އިގްތިސޯދީ ދާއިރާގެ ދެ ތަޖުރިބާކާރުން ކަމަށްވާ އާތިފް ޝަކޫރު އާއި ކުރީގެ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބެވެ.

އިނގިރޭސި ބަހުން ނެރޭ މި ޖާނަލްގެ ލިއުންތައް މޯލްޑިވްސް އިކޮނޮމިކް ރިވިއު ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.