ބޭންކް އޮފް މޯލްޑިވްސް

ދުވަސްވީ މީހުންނާއެކު، ގައުމީ ބޭންކުން ބައްދަލްވުމެއް

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން މާލީ ދާއިރާއަށް ހޭލުންތެރިކު ރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ގައުމީ ބޭންކުން ބުނީ މި ބައްދަލްވުމުގައިބޭންކިންއާ ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިން ބޭނުންކުރުމާ ގުޅޭ މައުލޫމާތު ދީފައިވާކަމަށެވެ.

އަދި ކުންފުނިތަކާއި، މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ބޭންކުން ވަނީ އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ބައިވެރިންނަށް ބުނެދީފައެވެ.

އަދި އިންޓަރނެޓް، މޮބައިލްގެ އިތުރުން ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލުން ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.