ކުޅިވަރު

ފިއެސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލަށް

ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކިޑްސް ފުޓްބޯލް ފެއިސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލް ހޯދައިފި އެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކަށް ހާއްސަކޮށް ބޭއްވި ކިޑްސް ފުޓްބޯލް ފެއިސްޓާގެ ޗެމްޕިއަންކަން ހުޅުމާލޭގެ ގާޒީ ސްކޫލް ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގަ މަޖީދިއްޔާ ސްކޫލް ބަލި ކުރުމަށް ފަހު އެވެ. ގާޒީ

ގާޒީ ސްކޫލް މެޗު ކާމިޔާބު ކުރީ، 2-0 ންނެވެ. މިއަދު ހެނދުނު 6:30 ގައި ފެށި މުބާރާތުގައި މާލޭ ސަރަހައްދުގެ 17 ސްކޫލަކުން ވާދަ ކުރި އެވެ. މުބާރާތުގެ ތިން ވަނަ ޓީމަކީ، އިމާދުއްދީން ސްކޫލެވެ. ފެއާ ޕްލޭ ޓީމަކީ ގިޔާސުއްދީން ސްކޫލެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ހަތަރު ލަނޑު ޖެހި ގާޒީ ސްކޫލްގެ މުހައްމަދު އައިހަމް އިބްރާހިމް އެވެ. މުބާރާތުގެ ޑްރީމް ޓީމަށް ވަނީ ހާއްސަ ޝަރަފެއް ލިބިފަ އެވެ. އެއީ އަންނަ އަހަރު އަރަބި އެމިރޭޓްސްގެ އަބޫދާބީގައި ބާއްވާ، އިންޓަ ކޮންޓިނެންޓަލް 14 އަހަރުން ދަށުގެ މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ކުލަބު ކަމަށްވާ، ރެއާލް މެޑްރިޑާއި ބާަެލޯނާ އަދި ޔުވެންޓަސް ވާދަ ކުރާ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަ ކުރާނީ އެ ޓީމެވެ.