އެންއައިސީ

އެންއައިސީގެ ލިސްޓުގެ ކުރީގައި ޝައިހު ޝުއައިބު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް އައްުޔަން ކުރަން ޖޭއެސްސީގެ ކުރީގެ މެންބަރު ޝައިހހު ޝުއައިބު އަބްދުއްރަހުމާންގެ ނަމަށް އިސްކަން ދެއްވައި އިތުރު ތިން ބޭފުޅެއްގެ ނަމާއެކު މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުުގެ އަމީން އާންމު ވަނީ މިއަދުގެ ޖަލްސާގައި ރައީސް ސޯލިހު، އެ މަޖިލީހަށް ފޮނުއްވި ސިޓީ އިއްވަވާ ދެއްވާފަ އެވެ. އެ ސިޓީގައި އެންއައިސީއަށް އައްުޔަން ކުރައްވަން ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ވަނީ ހިމަނުއްވާފައި ވެއެވެ.

އެ ލިސްޓުގައި ރައީސް އެންމެ އިސްކަން ދެއްވާފައިވަނީ ޖޭއެސްސީގެ ކުރީގެ މެންބަރު ޝުއައިބު އަބްދުއްރަހުމާނަށެވެ.

ފޮނުއްވެވި ނަންތައް

  • ޝައިހު ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ނަންބަރު 1188
  • ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ، ދިވެތި
  • ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ހއ. ދިއްދޫ، ތިލަދޫ
  • ހައްވާ ލީޝާ، ގ. ތުނޑިވެލި

އެންއައިސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ކަމުގައި ކުރިން ހުންނެވި މެންބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއީ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

އެންއައިސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލީ، ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް ރުހުން ނުދީ، އިތުރަށް ފުުރުސަތު ހުޅުވާލަން ރައްޔިތުންގެ މަޖިލީހުން، ރައީސަށް ލަފާ ދެއްވުމުންނެވެ.