ވިޔަފާރި

ގަލޮޅު އިހުސާން ފިހާރަ 24 ގަޑިއިރަށް

ގަލޮޅުގައި ހުންނަ އިހުސާން ފިހާރަ 2، ސައުވީސް ގަޑިއިރު ޚިދުމަތް ދޭން ފަށައިފި އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އިހުސާން ކޮންޕެނީގެ މެނޭޖަރު މުހައްމަދު އިހުސާން ވިދާޅުވީ މިރެއިން ފެށިގެން ގަލޮޅު އިހުސާން ފިހާރަ 2 ގައި 24 ގަޑިއިރު ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މި ބަދަލަކީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ވެސް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރެއިން ފެށިގެން ސައުވީސް ގަޑިއިރު ޚިދުމަތްދޭ ފިހާރަކަށް ބަދަލުވެގެން މި ދިޔައީ." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ "ގަލޮޅު އިހުސާން ފިހާރަ-2" ކުން އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށެވެ.

އަދި ސައުވީސް ގަޑިއިރަށް ޚިދުމަތް ބަދަލު ކުރުމާއި ގުޅިގެން ރޭގަނޑުގެ ވަގުތުތަކުގައި ކޮޕީއާއި ކެއުމަށް ތައްޔާރު ކުރެވިފައިވާ ތަފާތު ބާވަތްތައްވެސް ފިހާރައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ހުންނާނެ ކަމަށެވެ.

އިހުސާންގެ ދެ ފިހާރައެއް މާލޭގައި ހިންގަމުންދާއިރު އެ ފިހާރަތަކުން ހެޔޮ އަގުގައި ވަރަށް ގިނަ ބާވަތްތަކުގެ ތަކެތި ދަނީ ވިއްކަމުން ނެވެ.

ގަލޮޅުގެ އިތުރުން އިހުސާން ފިހާރަ ހުންނަނީ މާފަންނުގަ އެވެ.