މޯލްޑިވްސް ޕޮލިސް ސާވިސް

ރަހީނުކޮށްފައި ހުރީ ބިދޭސީއަކު ސަލާމަތްކޮށްފި

Oct 4, 2019

މާލޭގައި ރަހީނު ކޮށްގެން ބަޔަކު ގެންގުޅެމުންދިޔަ ބިދޭސީއަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މާފަންނުގައި ހުންނަ ބިދޭސީން ދިރިއުޅޭ ތަނެއްގެ ތިންވަނަ ބުރީގައި ބިދޭސީއަކު ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބިދޭސީ ފަސް މީހަކު ހައްޔަރުކޮށް ވެސް ކޮށްފައިވާ ކަމަށެވެ.

ރަހީނުކޮށްފައި ހުއްޓާ ސަލާމަތްކުރި ބިދޭސީ މީހާގެ ހާލަތާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ. އެމީހާ ސަލާމަތްކުރީ ރަހީނުކޮށްފައި ހުންނަތާ ކިހާ ދުވަހެއް، ކިހާ ވަގުތެއް ފަހުން ކަމެއް ވެސް ބުނެފައެއް ނުވެއެވެ.