ހަބަރު

ތަމްރީނު ހަދަމުންދިޔަ ސިފައިންގެ މީހަކު މަރުވެއްޖެ

Oct 5, 2019

ކ. ގިރިފުށީގައި ތަމްރީނު ހަދަމުންދިޔަ ސިފައިންގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު މަރުވެފައިވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) ދޭއްގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް އަލީ ރިޔާޒް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓްގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނީ ކަމަށެވެ.

ވަގުތުން އިމަޖެންސީގައި ރިޔާޒް މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މިވަގުތުވެސް އޮތީ އޭޑީކޭ ހޮސްޕިޓަލްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.