ހަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތަށް ކުރިކެޓް ޓީމް ކޯޗް ހައްޔަރުކޮށްފި

Oct 5, 2019
1

ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ގައުމީ ކްރިކެޓް ޓީމްގެ ކޯޗް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:20 ހާއިރު ސައުތު އެފްރިކާގެ 46 އަހަރުގެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ ހިފަހައްޓާފައިވަނީ 18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހައްޔަރުކުރި މީހާގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ.

އެކަމަކު ޔަގީން ވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުރިކެޓްގެ ގައުމީ ޓީމްގެ ކޯޗް އާސިފް ހާނެވެ. އޭނާއަކީ ޕާކިސްތާނު އަދި ސައުތު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.