ރެޑްވޭވް

ރެޑްވޭވް އަހަރީ ބާޒާރު: ބައިލައްކަ ރުފިޔާގެ އިނާމާއެކު

Oct 7, 2019

ބައިލައްކަ ރުފިޔާގެ ގެ ފައިސާގެ އިނާމާއެކު ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި އެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒު ކޮށްގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އިއްްޔެ ވަނީ ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ 15 އިގެ ނިޔަލަށެވެ.

ރެޑްވޭވް އިން ބުނީ ޕްރޮމޯޝަންގައި ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ހޮވޭ ނަސީބުވެރި ފަސް ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.

އަދި ރެޑްވޭވަށް ގެންނަ ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައިންސް އިން 10 އިނާމެއް އިތުރު 10 ފަރާތަކަށް ދެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިނާމްތަކެއް ލިބޭ ޕްރޮމޯޝަން ތަކެއްވެސް ގެންދެ އެވެ.

މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން ކަނޑައަޅާފައިވާ ބައެއް އައިޓަމްތަކުން މިހާރު ވަނީ ޑިސްކައުންޓް ލިބެ ގޮތް ހަމަޖައްސާފަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.