ވިޔަފާރި

ލެކިއުޓް ސަޕްރައިޒް އަވާ ޕްރޮމޯޝަން ފަށައިފި

Oct 7, 2019

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ސެންޓް ވިޔަފާރި ކުރަމުން އަންނަ ލެކިއުޓުން "ސަޕްރައިޒް އަވާ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލެކިއުޓުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަހަރުގެ މެދުތެރެއާއި އަދި ފަހު ކޮޅަށް އަމާޒު ކޮށްގެން ސެންޓް ކުންފުނި ތަކުން ދުނިޔޭގެ ބާޒާރަށް ނެރެފައިވާ އެންމެ ފަހުގެ ސެންޓް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މިފަހަރުގެ ޕްރޮމޯޝަންގައި ލެކިއުޓުން ތައާރަފް ކުރާ ސެންޓް

  • ބޭޑް ބޯއީ
  • ސްކޭންޑަލް އޭ ޕެރިސް
  • ގުޑް ގާލް ގުލޯރިއަސް ގޯލްޑް
  • ލޭޑީ މިލިއަން އެމްޕަޔާ
  • މޮން ބްލާންކް އެކްސްޕްލޯރާ
  • 212 ވީ އައި ޕީ ކަލެކްޓަރ އެޑިޝަން
  • އަކްއާ ޑި ޖިއޯ ހޯމް އެބްސޮލޫ
  • ސީ ޕެޝަން
  • މާކް ޖެކޮބްސް ޑެއިޒީ ލަވް

ލެކިއުޓުން ބުނީ ކޮންމެ ދުވަހަކުވެސް މި ސެންޓްގެ ބާވަތްތަކުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ރޭގަނޑު 10-9 ދެމެދު ވިޔަފާރި ކުރާ ފަރާތްތަކަށް %10 ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"އޮރިޖިނަލް ސެންޓް ޔަގީންކަމާއެކު ހަމައަގުގައި ހޯއްދެވުމަށް ލެކިއުޓް އިޙްތިޔާރު ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަން ހިންގުން މިއީ ލެކިއުޓް އިން އެކަސްޓަމަރުންނަށް ދޭ ހަދިޔާއެއް." ލެކިއުޓުން ބުނެފައިވެ އެވެ.