އިމިގްރޭޝަން

ނަކަލު ކޮށްފައިވާ ވޯކް ވިސާތަކެއް އެތެރެކުރަން އުޅެފި

Oct 7, 2019
3

ނަކަލު ކޮށްފައިވާ ވޯކް ވިސާ ކާޑްތަކެއް ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ނަކަލު ކޮށްފައިވާ ވޯކް ވިސާތަކެއް ރާއްޖެ އެތެރެ ކުރަން މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވައި އޭނާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ނަކަލު ކޮށްފައިވާ ވޯކް ވިސާތަކެއް ރާއްޖެ އެތެރެ ކުރަން މަސައްކަތްކުރި ބިދޭސީ މިހާގެ ފޮޓީވެސް އާންމުކޮށްފަ އެވެ. އަދި އޭނާ ނަކަލުކޮށްފައިވާ ވޯކް ވިސާތައް ވެސް އާންމުކޮށްފައި ވެއެވެ.

ފަހަކަށް އައިސް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ގިނަ އަދަދެއްގެ މީހުން އެކި ފަހަރު މަތީން އިމިގްރޭޝަނުން ވަނީ ހުއްޓުވާފަ އެވެ.

ސަރުކާރުން ގެންދަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ.