ވިޔަފާރި

އެމްޑަބްލިއުއެސްސީގެ ނަމުގައި ފޭކް ޓުވިޓާ އެކައުންޓެއް

Oct 9, 2019

އެމްޑަބްލިއުއެސްސީގެ ނަމުގައި ފޭކް ޓުވިޓާ އެކައުންޓެއް ހަދައިގެން، ސޯޝަލް މީޑިއާގައި މުއާމަލާތް ކުރަމުންދާތީ ކަސްޓަމަރުންގެ ސަމާލު ކަމަށް ކުންފުނިން އެކަން ގެނެސްދީފި އެވެ.

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ ރަސްމީ ޓުވިޓާ ހޭންޑްލްއާ އެއްގޮތަށް ފޭކް އައިޑީއެއް ހަދައިގެން ބޭނުން ކުރަމުންދާކަން އެނގިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ފޭކް ޓުވިޓާ އެކައުންޓުން ކުންފުންޏަށް ގެއްލުންތައް ލިބޭ ގޮތަށް ޓުވީޓުތައްކޮށް ޖަވާބު ދެމުން ގެންދާ ކަމަށެވެ.

ފެން ކުންފުނިން ބުނީ އެ ކުންފުނީގެ ރަސްމީ އެކައުންޓުން ބޭ އަދަބީކޮށް އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާ ވުމާއެކު އެ ކުންފުނީގެ ނަމުގައި މުއާމަލާތް ކުރާ ފޭކް އައިޑީއަށް ސަމާލުވާން ވެސް ކަސްޓަމަރުންގެ ކިބައިގެން އެދެ އެވެ.