ވިޔަފާރި

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭނާއެކު، ވިޔަފާރި ފުޅާ ކުރަން ތައްޔާރުވެއްޖެ

Oct 10, 2019
1

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން އިއްޔެ ގެނެސް ވައިގެ ދަތުރުފަތުރުގެ ވިޔަފާރި ފުޅާކުރަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ތިން ވަނަ ސީޕްލޭން އޮޕަރޭޓަރުގެ ގޮތުގައި މަންޓާ އިން ގެނައި ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ ހަވީރު އައިސްފައިވަނީ ކެނެޑާއިން ފުރައިގެންނެވެ. ފުރަތަމަ ސީޕްލޭންއަށް މަރުހަބާ ކިއުމުގެ ގޮތުން ބޯޓު ޖެއްސުމާއެކު އެމްއޭސީއެލްގެ ފަޔާ ސާވިސަސް އިން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

މަންޓާ އެއާއިން ބުނި ގޮތުގައި ދެވަނަ ސީޕްލޭން މިއަދު ރާއްޖެ އަންނައިރު، މި ބޯޓުތަކުގައި 15 މީހުންގެ އޮންނާނެ ކަމަށެވެ. މީގެ އިތުރުން މި ފްލައިޓުގައި ވައިގެ ދަތުރުފަތުރުގެ އެންމެ ފަހުގެ އާލާތްތައް ހަރުކޮށްފައިވާއިރު، މިއީ އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކަށް ވުރެ ލުއި އުޅަނދެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ސީޕްލޭންގެ ހިދުމަތްތައް ވެސް ދުރާލާ ޝީޓް ބުކްކޮށްލެވޭނެ ކަމަށެވެ.

މަންޓާ އެއާ އިން ސީޕްލޭން ވިޔަފާރީގެ ތެރެއަށް ނުކުތްއިރު މިހާރު އެއާލައިނުން ހިދުމަތް ދެނީ ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓުގެ އިތުރުން ބ. ދަރަވަންދޫ އެއާޕޯޓަށެވެ. އެ ކުންފުނިން އެތެރޭގެ އުދުހުންތަކުގައި ދެ ފްލައިޓު ބޭނުންކުރެ އެވެ.