ޑާކާ (10 އޮކްޓޯބަރު) - ބަންގްލަދޭޝްގެ ދަރިވަރަކު މަރާލީ އެތަކެއް ގަޑިއިރެއް ވަންދެން ތަޅާ، އަނިޔާ ކޮށްފައި ކަމަށް މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޑާކާގައި ހުންނަ ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިންގްގައި ކިޔަވަމުންދާ އަބްރާރު ފަހަދު މަރާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާއާ އެއްކޮށް ކިޔަވާ ބައެއް ކުދިން ބުނި ގޮތުގައި، ޔުނިވާސިޓީގައި އަބްރާރު އުޅޭ ކޮޓަރިން ނެރެގެން ގެންދިޔައީ އެރޭ 8:00 ހާއިރު އެވެ. ހަތަރު ވަރަކަށް ގަޑިއިރު ވަންދެން އޭނާ ގައިގައި ތަޅާ އަނިޔާ ކޮށްފައި ވެއެވެ.
އުރުމުން 21 އަހަރުގެ އަބްރާރުގެ އޮޓޮޕްސީ ހެދި ޑޮކްޓަރު ބުނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތައް ހުރި ކަމަށެވެ.
މި މަރާ ގުޅިގެން ވެރިކަންކުރާ އަވާމީ ލީގުގެ ޒުވާނުންގެ ގޮފީގެ އެތައް މެމްބަރަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާއަށް ހަމާދީފައި ވަނީ އޮނަލައިންކޮށް ސަރުކާރަށް ފާޑުކިޔަމުންދާ ކަމަށް ބުނެ އެވެ.
އަބްރާރު މަރާލުމުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި، ބަންގްލަދޭޝްގެ ގިނަ ސިޓީތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.