ހަބަރު

މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Oct 11, 2019
1

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:24 ގައި ކަމަށެވެ. އަދި ބުނީ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާއިން މިއަދު ބެލުމުން ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މީހަކު މަރުވެފައި އޮތީ ހ. އަންނާރުމާގޭގެ ބައެއްގަ އެވެ. މީގެ ފަސް އަހަރު ކުރިން ވެސް ހަމަ އެ ގެއިން މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ. އެއީ އޭޕްރީ 7 ، 2014 އިގަ އެވެ.