އުރީދޫ

ސަބްމެރިން ކޭބަލް މަރާމާތު ކުރާތީ އުރީދޫ އިންޓަނެޓް ކެނޑިދާނެ

Oct 12, 2019

އުރީދޫން ބޭނުން ކުރާ ފައިބާ އޮޕްޓިކް ކޭބަލްގެ މަރާމާތުގެ މަސައްކަތެއް ކުރަން ހަމަޖައްސާފައިވާތީ އިންޓަނެޓްގެ ހިދުމަތަށް މާދަމާ ރޭ ބުރޫ އަރާފާނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތްތައް ދެމުން ގެންދާ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނީގެ އިންޓަނޭޝަނަލް ސަޕްލަޔަރު ކުރިޔަށް ގެންދާ ކޭބަލް މަރާމާތުކުރުމުގައި ހިދުމަތް މެދުކެނޑޭނީ މިރޭ ދަންވަރު 3:00 އިން މާދަމާ ރޭ 11:00 ޖެހުމާ ހަމައަށް ކަމަށެވެ.

ރާއްޖޭގައި ދޭ އިންޓަނެޓުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން، އުރީދޫން މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އަޅާ ނިންމީ ޖެނުއަރީ 2017 ގަ އެވެ. އެ މަޝްރޫއުގެ އަގު 25 މިލިއަން ޑޮލަރު (384 މިލިއަން ރުފިޔާ) އަށް އަރަ އެވެ.