ކުޅިވަރު

ރިސޯޓް ލީގް ތަށި ބަނޑޮހުން ދިފާއު ކޮށްފި

ފައިނަލުގައި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގެ މައްޗަށް ކާމިޔާބު ހޯދައި، އިންޓަ ރިސޯޓް މުބާރާތުގެ ޗެމްޕިއަންސް ލީގްގެ ތަށި ބަނޑޮސް އައިލެންޑް ރިސޯޓުން ދިފާއު ކޮށްފި އެވެ.

ހުރިހާ ޒޯން ތަކުގެ ޗެމްޕިއަންނުންގެ މެދުގައި ކުޅުނު ލީގް ބުރުގެ މުބާރާތް ބަނޑޮހުގައި ކުޅެ އެ ޓީމުން ކާމިޔާބު ހޯދީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓް ބަނޑޮހުން ކާމިޔާބު ކުރީ 25-19 އިންނެވެ. ދެ ވަނަ ސެޓް ދިޔައީ ވަރަށް ފޯރިގަދަ ކޯށެވެ. އެ ސެޓް 30-28 ކާމިޔާބު ކޮށް ރީތިރަށް އަލުން މެޗުގެ ތެރެއަށް އައެވެ.

ވާދަވެރި ސެޓަށް ކަށް ފަހު ރީތިރަށަށް ރޭސް ދެމެހެއްޓޭ ގޮތެއް ނުވި އެވެ. އާ ހިތްވަރެއް ލައި ބަނޑޮހުން އަނެއް ދެ ސެޓް ކާމިޔާބު ކުރީ 25-20 އަދި 25-19 އިންނެވެ.

މިދިޔަ އަހަރުގެ މުބާރާތް ބަނޑޮހުން ކާމިޔާބު ކުރީ ކޮށްދިއްޕަރު ބަލި ކުރުމަށް ފަހު އެވެ. މި އަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ މުބާރާތް ބަނޑޮހަށް ކާމިޔާބު ކޯށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްދިން ކުރީގެ ގައުމީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް)، އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އަހްސަން، ހުސައިން ރަޒާން އެވެ. ބަޓިސް މި މުބާރާތަށް އެއީ އޭނާގެ ރިޓަޔާމެންޓް އުވާލުމަށް ފަހު އެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު ކުރީގެ އެއް ވަނަ ސެޓަރު ވަނީ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ.

ޑްރީމް ޓީމުގައި ރީތިރަށް ރިސޯޓްގެ ޓީމުން ހިމެނުނީ އަހްމަދު ނަބީލާއި އާދަމް ނަސީމް އަދި ހަސަން އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ބަނޑޮސްގެ ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.