އޮފްބީޓް

ސައިންޓިސްޓަކަށް ހެދިގެން ކިޔަވާ ކުއްޖަކާ ކައިވެނިކޮށްފި

ސައިންޓިސްޓަކަށް ހެދިގެން އިންޑިއާގެ ދިއްލީގެ އަންހެނަކާ ކައިވެނި ކުރި މީހެއްގެ މައްސަލަ އެ އަންހެންމީހާ ފުލުހުންނަށް ހުށަހަޅައިފި އެވެ. ހަގީގަތުގައި މި ފިރިހެންމީހާ އަކީ ވަޒީފާއެއް ނެތް އަދި ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ.

އަންހެންމީހާ ބުނަނީ ފިރިހެންމީހާ އޭނާ އާ ކައިވެނިކުރީ ވަގު އައިޑީ ކާޑެއް ހައްދައިގެން ކަމަށާއި ކައިވެނީގެ ކުރިން ވަޒީފާއެއް ނެތް ވާހަކަޔާއި ކައިވެނި ކުރި ވާހަކަ ނުބުނާ ކަމަށެވެ.

ޕީއެޗްޑީއަށް ކިޔަވާ މި ދަރިވަރަށް ލަނޑުދިނީ ޖިތެންދުރަ ސިންގް ކިޔާ މީހެކެވެ. އޭނާ އަންހެންމީހާ ކައިރީ ބުނިކަމަށް ވަނީ އޭނާއަކީ ސައިންސްވެރިއެކޭ އެވެ. މި މީހާގެ ހަގީގަތް ފަޅާ އެރީ ކައިވެނި ކުރި ފަހުން ނަމަވެސް އެނގުނު ހިސާބުން އަންހެންމީހާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

ފިރިހެންމީހާ ހައްޔަރުކުރަން ފުލުހުން އުޅޭ ކަމުގެ ޚަބަރުތައް ވެސް މިހާޜު ދަނީ ލިބެމުންނެވެ.