ރާއްޖެ ކުޅިވަރު

ވެލެންސިއާ އާއި މާޒިޔާ، ވިކްޓަރީ އައްޑު އަށް، ނިއު ކުޅުދުއްފުއްޓަށް

Aug 12, 2015

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން ވެލެންސިއާ އާއި ވިކްޓަރީ އަދި މާޒިޔާ އާއި އީގަލްސް އަށް އައްޑޫ ސިޓީ އަށް އަދި ނިއުރޭޑިއަންޓް ހދ. ކުޅުދުއްފުއްޓަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 30 އަށް ކުރިއަށްދާ މުބާރާތުގައި ޓީމުތައް ވާދަކުރާނެ ގޮތް ހަމަޖެހުނީ ދާދި ދެންމެއަކު އެފްއޭއެމް ހައުސްގައި މުބާރާތުގެ ގުރު ނެގިއިރު މި ހަތަރު ޓީމު އައްޑޫގައި ކުޅޭ ގްރޫޕުގައި ލައްވާލުމުންނެވެ.

ނަވާރަސަތޭކެ ހަތްދިހައިގެ ފަހުން ފުރަތަމަ ފަހަރަށް އަތޮޅުތަކުގެ ތެރޭގައި ކުޅޭ މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ފަހަކަށް އައިސް ދިވެހި ލީގުގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް ދެ މެޗަކާއި ކުއާޓާ ފައިނަލް މެޗެއް ކުޅެ ފައިނަލަށް ދެ ޓީމު ހޮވާ މުބާރާތް ބަދަލުކޮށް ލީގުގެ އަށް ޓީމަށް ވެސް ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ އެންމެ ޝަރަފުވެރި މުބާރާތުން ވަނީ ފުރުސަތު ދީފަ އެވެ.

މުބާރާތުގެ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ވެލެންސިއާ އާއި ވިކްޓަރީގެ އިތުރުން އައްޑޫގައި މެޗުތައް ކުޅެނީ މާޒިޔާ އާއި އީގަލްސް އެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުއާއެކު ކުޅުދުއްފުއްޓަށްދާނީ މަހިބަދޫ އާއި ބީޖީ އަދި ޓީސީ އެވެ.