ގައުމީ ފިލްމް އެވޯޑްސް

ފިލްމު އެވޯޑްސްގެ ފަނޑިޔާރުން ކަނޑައަޅައިފި

ފިލްމް އެވޯޑްސްގައި ވާދަ ކުރާ ފިލްމުތަކަށް އިންސާފު ކުރާނެ ފަނޑިޔާރުން ކަނޑައަޅައިފި އެވެ.

އެންސީއޭއިން ބުނީ މިފަހަރުގެ ފިލްމު އެވޯޑުގައި ފިލްމުތަކަށް އިންސާފު ކުރާނީ އެ ދައިރާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ހަތް ބޭފުޅަކު ކަމަށެވެ.

އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ބާއްވާ ނުވަ ވަނަ ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ "ކަނޑު އިބިލީސް" އެވެ.

އެވޯޑްސްގައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތައް ހިމެނެ އެވެ.

ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް

  • ނޭދެން ވަކިވާކަށް - 2017
  • ވިޝްކާ - 2017
  • ރޭވުމުން - 2018
  • މީ ލޯތްބަކީ - 2017
  • ބޮސް - 2017
  • ތިޔަ - ލޯތްބާ ދުރަށް 2018
  • ނޯޓީ ފޯޓީ - 2017
  • އިލްނޮއިސް - 2017
  • ހައްދު - 2017
  • ކަނޑު - އިބިލީސް 2018
  • މަލިކާ - 2017
  • ދެވަންސޫރަ - 2018