ހަބަރު

ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު އެހެން ގައުމަކަށް ބަދަލުކޮށްފި

Aug 13, 2015

އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ސަހާރޭ އެހެން ގައުމަކަށް ބަދަލު ކުރަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނި ގޮތުގައި ސަހާރޭ މިހާރު ވަނީ ޑެންމާކުގައި ހުންނަވާ ސަފީރު ކަމަށް މިހާރު ހަމަޖައްސައިފަ އެވެ. ސަހާރޭ އެ މަގާމާ ވަރަށް އަވަހަށް ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުންޏެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އިންޑިއާޔާ އެކު ޖެހުނު މައްސަލަތަކުގެ ސަބަބުން ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ޝަހާރޭ ހަވާލުވެ ވަޑައިގަތީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އިންޑިއާ ރާއްޖޭގެ ގުޅުން ރަނގަޅުވެ، ވަރަށް ގިނަ މައްސަލަތަކަށް ހައްލުތައް ލިބިގެން އައެވެ.

ޝަހާރޭ ބަދަލު ކުރި ނަމަވެސް އިންޑިއާ އިން ރާއްޖެއަށް އަދި ސަފީރަކު ހަމައެއް ނުޖައްސަ އެވެ.