ގުޅިފަޅު ބަނދަރު މަސައްކަތަށް، ފަށަން، ބިން ހިއްކަން ބިޑަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ސަރުކާރުން ދީފި އެވެ.
ގުޅިފަޅު ހިއްކަން ބޮސްކާލިސް ކުންފުންޏަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އާއި ބޮސްކާލިސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޓެވެ.
މި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި، ހަަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާނެ އެވެ. ބޮސްކާލިސް އިން މީގެ ކުރިން ވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މީހުން ދިރިއުޅޭ 10 ރަށެއްގައި 198 ހެކްޓަރުގެ ބިން ހިއްކުން ހިމެނެ އެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކަށް، 1.6 މިލިއަން ޑޮލަރަށް ހަވާލުކޮށްފަ އެވެ.
މި މައްސަކަތް ބޮސްކާލިސްއަށް ދިން އިރު ރާއްޖޭގައި ބިން ހިއްކުމުގެ 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީއަށް އަށް ހޯދާފައިވާ މަހާޖައްފާރުގެ ޑްރެޖަރެއް އޮވެއެވެ.