ހަބަރު

އިންޑިޔާގައި ގެއްލުނު ދިވެހި މީހާ ފެނިއްޖެ

Aug 13, 2015

އިންޑިޔާއަށް ބޭސް ފަރުވާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ. ރޭ ފަތިހުން ފެށިގެން ގެއްލި، ހޯދަމުން ދިޔައީ ތ. ތިމަރަފުށީ އިރުދޭމާގޭ، މޫސާ ހަސަން 80، އެވެ.

މިރޭ އޭނާ ފެނުނީ މިސްކިތެއްގެ ތެރޭގައި އިންދަ އެވެ. 

އޭނާގެ އާއިލާގެ ފަރާތުން ކާފަ ދަރިފުޅު، އަލީ ނިހާލް މިރޭ ބުނީ އޭނާގެ ކާފަ އިންޑިޔާގެ ޓްރެވިންޑްރަމަށް ދިޔައީ ބޭސް ފަރުވާއަށް ކަމަށާއި އެކުގައި ކާފަގެ އަންހެނުންނާއި ދަރިޔަކުވެސް ދިޔަ ކަމަށެވެ.

މޫސާ ހަސަން ފެނުނީ ގެއްލުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށައި އިންޑިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވެސް އެ މަސައްކަތް ކުރަނިކޮށެވެ. އަދި މޫސާ ހަސަންގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތައް ވެސް ޓްރެވިންޑްރަމްގެ އެކި ހިސާބުތަކުގައި ވަނީ ތަތްކޮށްފައި ވަނިކޮށެވެ.