ހަބަރު

އާއްމުންގެ ފަރާތުން ޖޭއެސްސީއަށް ހަ ނަމެއް

Oct 23, 2019
1

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުގެ ތެރެއިން ކަނޑައަޅާ މެމްބަރަކު ހޮވަން ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މަޖިލިހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ހަ ބޭފުޅުންގެ ނަން އިއްވެވުމަށް ފަހު، އެ ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

ޖޭއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުން

ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851
އަހުމަދު މިޒްމާދު، މއ. ލޫޕިން
އަހުމަދު ސާވީ، ދަފްތަރު ނަމްބަރު 5295
މިރުފަތު ފާއިޒު، މއ.ރަންފޮށި
ހުސެއިން އަމްރު، ވ. ރޯޝަން

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓްގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށުކޯޓުގެ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކާއި، ރައީސް ކަނަޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގެ މިހާރުގެ ކޮމްޕޮޒިޝަނަކީ ކުރިންސުރެ އެމްޑީޕީން ވަރަށް ބޮޑަށް ދެކޮޅު ހަދާ ފާޑު ކިޔަމުން އައި ގޮތެކެވެ. ނަމަވެސް އެ ޕާޓީގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު އެކަން އިސްލާހު ނުކުރާތީ ފާޑުކިޔުންތައް ކުރިމަތިވެފައި ވެއެވެ.