އޮފްބީޓް

ޝޯ ހުށަހަޅައި ދެމުން ކާރު މައްޗަށް އެރި ރިޕޯޓަރުގެ ވަޒީފާ ގެއްލިއްޖެ

އެންގެލް ކާޑެނަސް އަށް އެ ދުވަހަކީ އެއްގޮތަކަށް ވެސް ރަނގަޅު ދުވަހެއް ނޫނެވެ. ކެލިފޯނިއާގައި ދިރިއުޅެމުން އަންނަ ޓީވީ ރިޕޯޓަރުގެ ވަޒީފާ ގެއްލުނީ އެ ދުވަހު ކަމަށް ވާތީ އެވެ. ކާޑޭނަސް އަށް ކުރެވުނީ ކުށެކެވެ. ނަމަވެސް އެ ކުށް އޭނާ ކުރީ ގަސްތަކު ނޫނެވެ.

އޭނާގެ ކުށަކީ އޮޓޯ ވެހިކަލްތައް ދައްކާލުމަށް ބޭއްވި ޝޯއެއް ހުށަހަޅާދެމުން ވާހަކަ ދައްކަމުން ގޮސް އެތަނުގައި އޮތް ކާރެއްގެ މައްޗަށް އަރާ ޖައްސާލުމެވެ
.
ކޭމެކްސް-ޓީވީގެ ނޫސްވެރިޔަކަށް ވާތީ ސަކްރެމެންޓޯ އިންޓަނޭޝަނަލް އޮޓޯ ޝޯގެ ފައިނަލް ދުވަހުގެ ހަރަކާތްތައް ހުށަހަޅައިދިނުމަކީ އެދުވަހު އޭނާއަށް ކުރަން ޖެހިފައިވާ މަސައްކަތެވެ. ނަމަވެސް ޝޯ ހުށަހަޅައިދޭން ފެށިއިރު އެ ޝޯ އާއި ކާރުތަކާ ބެހޭ ގޮތުން އޭނާއާ ވާހަކަ ދައްކާނެ އެއްވެސް ރެޕްރެޒެންޓެޓިވް އެއް އޭނާއަކަށް ނުވި އެވެ. އެހެންވެ ޑިސްޕްލޭ އަށް ބާއްވާފައި އޮތް ކާރެއްގެ މައްޗަށް އަރާ ރަނގަޅަށް ހަމަޖެހިލާފައި ޖައްސާލީ އެވެ.

ނަމަވެސް މި މަންޒަރު ސޯޝަލް މީޑިއާ އިން ބެލި ގިނަ ބަޔަކަށް މިކަން ހަޖަމެއް ނުވި އެވެ. އެއްބަޔަކު ބުނީ ކާޑޭނަސް މި ކުރީ ވަރަށް ލަދުގަންނަން ޖެހޭ ކަހަލަ އަމަލެއް ކަމަށެވެ. އަދި މިފަދަ އިވެންޓެއްގައި އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"އަހަރެންނަށް ކުރެވުނީ ވެރިއަކު ނެތް މެޓާ ވިއްކާ ފިހާރައަކަށް ވަދެ ހުރި ކުޑަ ކުއްޖެއްގެ އިހްސާސް. ސަބަބަކީ އަހަރެން ބޭނުން ކަމެއް ކުރެވެން އޮތީމަ،" ކެމެރާ އަށް ބަލަހައްޓައިގެން ހުރެ ކާޑޭނަސް ބުންޏެވެ.

ކާޑޭނަސް ވަޒީފާއިން ވަކިކުރީ އޮޓޯ ޝޯ ޕްރޮޑީއުސްކުރި ފަރާތުން އޭނާ މަސައްކަތްކުރާ ޗެނަލްގައި ޝަކުވާ ކުރުމުންނެވެ.
ކާޑޭނަސް ބުނީ އޭނާއަށް ކުޑަކޮށް ގަވާއިދާ ޚިލާފު ވެވުނު ކަމަށެވެ. ނަމަވެސް އެއީ އޭނާ ގަސްތުގައި އެހެން ބަޔަކަށް އިހުތިރާމްކުޑަކުރުމަށް ކުރި ކަމެއް ނޫންކަމަށް ކާޑޭނަސް ބުންޏެވެ.