އެމްޑީޕީ

އެމްޑީޕީގެ ލީޑަޝިޕް އިންތިހާބުގައި ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ

Oct 31, 2019
1

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ވޯޓު ލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓްފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ލީޑަޝިޕް އިންތިހާބު އޮންނަނީ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.

ސަރުކާރު ހިންގާ މައި ޕާޓީން ބުނީ އެ ޕާޓީގެ ލީޑަޝިޕް އިންތިހާބުގައި މާލޭގައި ދިރިއުޅޭ އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ މެންބަރުން ވޯޓުލާން މާލޭގައި ވޯޓުފޮށި ބަހައްޓާނެ ކަމަށާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ސްރީލަންކާގެ ކޮލޮމްބޯގައި އެކަނި ކަމަށެވެ.

ކޮލޮމްބޯގައި ވޯޓު ރީރަޖިސްޓްރީ ކުރުން އިއްޔެ ވަނީ މެންބަރުންނަށް ހުޅުވާލާފަ އެވެ. ސްރީލަންކާގެ ކޮލޮމްބޯ އިން ރީރަޖިސްޓްރީ ކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް އިންތިޚާބާއިބެހޭ ކޮމިޓީއަށް 3 ނޮވެމްބަރުގެ ފޮނުވަން ޖެހެ އެވެ.

މި އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސް ކަމަށް ވާދަ ކުރައްވަނީ މުހައްމަދު ޝިފާޒާއި މުހައްމަދު އަސްލަމެވެ.