މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޕޯސްޓާއި ކޫރިއާ ތަކެތި ފާސްކޮށް ކަސްޓަމުން ސްޓިކާ ޖަހަނީ

Oct 31, 2019
1

މާދަމާއިން ފެށިގެން ޕޯސްޓް އަދި ކޫރިއާ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ލޯކަލް ކޫރިއާ އެޖެންޓުގެ ޙާޒިރުގައި ޕާރުސަލް ނުވަތަ ޕެކޭޖް ހުޅުވައިގެން ބަލައި ފާސްކުރާ ހާލަތުގައި ކަސްޓަމްސްއިން ޗެކްކޮށް ނިމުމުން އެތަކެތީގައި ކަސްޓަމްސްގެ ޚާއްސަ ޓެމްޕާ އެވިޑެންޓް ސްޓިކާ އެއް ޖަހާގޮތަށް ހަމަޖައްސައިފި އެވެ.

ކަސްޓްމަސް އިން ބުނި ގޮތުގައި އެ ސްޓިކާ ޖަހާނީ އެ ޕާރުސަލެއް ނުވަތަ އައިޓަމެއް ޗެކްކޮށް ނިމި ލޯކަލް ކޫރިއާ އެޖެންޓު އެ ޕެކޭޖް ބަންދު ކުރުމުން، އެ ޕެކޭޖް ބަންދުކުރި ޓޭޕް މަތީގައި ހުރަސްވާ ގޮތަށެވެ. އަދި ސްޓިކާގައި، ޕެކޭޖް ހުޅުވި ތާރީހާއި، ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަ ކުރިކަން އެނގޭނެ ގޮތަށް ކަސްޓަމުން ސޮއި ކުރާނެ އެވެ.

ކަސްޓަމްސްއިން ބަލާ ފާސް ކުރިކަން ދޭހަވާ ގޮތަށް، އެއްވެސް އެހެން ފަރާތަކުން ކަސްޓަމްސްގެ ނަން ބޭނުން ކޮށްގެން، މުދަލުގެ ބޭރުގައި ޓޭޕް އަޅާ، އިސްޓިކާފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާ ކަމެއް ކަމަށާއ އެހެން އެއްވެސް ފަރާތަކުން އެކަން އެގޮތަށް ނުކުރަން ވެސް ކަސްޓަމްސް އިން އެދެ އެވެ.