ޖޭއެސްސީ

ސާދަ މެޖިސްޓްރޭޓުން ހޯދަނީ

ސާދަ މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީން ބުނީ 14 ރަށަކަށް އިސް މެޖިސްޓްރޭޓުން އަދި މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ.

އިސް މެޖިސްޓްރޭޓުން ބޭނުންވާ ރަށްރަށް

  • ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
  • ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
  • ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓް
  • އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
  • އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
  • ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް
  • ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓް
  • ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓް
  • ގދ. ފަރެސްމާތޮޮޑާ މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓުން ބޭނުންވާ ރަށްރަށް

  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް
  • ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް
  • ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓުން މަހަކު މުސާރައިގެ ގޮތުގައި 21،000 ރުފިޔާ އަދި މެޖިސްޓްރޭޓުން 18،500 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 4000 ރުފިޔާއާ، ރިސްކް އެލަވަންސްގެ ގޮތުގައި 6000 ރުފިޔާ ލިބޭނެ ކަމަށެވެ.

އެކަމަށް އެދޭ ފަރާތްތަކުން ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ 12:30 ގެ ކުރިން އެކަމަށް އެދި ހުށައެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.