ހަބަރު

ކަރެކްޝަންގެ ޓީމެއް މެލޭޝިއާ ޕްރިޒަން އެކަޑަމީއަށް

Aug 16, 2015
3

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމެއް "ސްޓަޑީ ޓުއާ" އެއްގައި މެލޭޝިއާ ޕްރިޒަން އެކަޑަމީއަށް ފުރައިފި އެވެ.

މި ޓްއާ އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޖަލުތަކުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާގޮތް ބެލުމާއި އެކަންކަމާއިގުޅޭ މަޢުލޫމާތު ހޯަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރާ ދަތުރެކެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ަސަން ޒިލާލް އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރު އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އާއި މާފުށީ ޖަލުން ޑެޕިއުޓީ ޑައިރެކްޓަރު އޮފެންޑާ ސާވިސް އެންޑް މެއިންޓެނަންސް، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި އޮފެންޑަ ސާވިސް ޑިޕާޓްމަންޓް ހެޑް، ސީނިއަ ޕްރިޒަންސް އޮފިސަރު ޢަލީ މާހިރު އާއި އައްސޭރި ޖަލުގެ ޕްރޮގްރާމްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް ހެޑް، ސްޓާފް ސާޖަންޓް މުޙައްމަދު ރަމީޒް ގެ އިތުރުން ސިވިލް އޮފިސަރ މައުވާ މުޙައްމަދު ޝާފިއު ބައިވެރިވެ އެވެ.

މި ދަތުރުގައި މެލޭޝިއާގެ އަންހެން ޖަލުތަކާއި ފިރިހެން ޖަލުތަކަށް ޒިޔާރަތްކޮށް އެޖަލުތަކުން ދަތުރުގެ ބައިވެރިން މަޢުލޫމާތު ހޯދައި މެލޭޝިއާ ޕްރިޒަން ތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބަލާނެ އެވެ.