ހަބަރު

އިމްރާނުގެ މައްސަލަ ބަލަން ބެންޗެއް އެކުލަވާލައިފި

Aug 16, 2015

ކްރިމިނަލް ކޯޓްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

މޭޑޭގެ އެއްވުމާ ގުޅިގެން ޓެރަރިޒަމް ދައުވާއާ އުފުލާފައިވާ އިމްރާނުގެ މައްސަލަ ބަލަން ބެންޗެއް އެކުލަވައިލީ މިރެ އެވެ. އެ ބެންޗުގައި ހިމެނެނީ ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ސަމީރާއި ގަޒީ އަބްދުﷲ ނަޝީދެވެ.

އިމްރާނުގެ މައްޗަށް ޓެރަރިޒަމް ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި ދައުވާ ކުރި މައްސަލާގައި ހައްޔަރު ކުރުމަށްފަހު އޭނާ ހުންނަނީ ޝަރީއަތް ނިންމެންދެން ބަންދުގައި ބަހައްޓާފަ އެވެ.