ހަބަރު

ފަހާނާއެއް ތެރޭ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

Nov 5, 2019

ހެންވޭރުގެ ގެއެއްގެ ފަހާނާ ތެރޭގައި މަރުވެފައި އޮތް އަންހެނެއް ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މަރުވެފައިވަނީ 49 އަހަރުގެ އަންހެނެކެވެ. އޭނާގެ ހަރަކާތް ހުއްޓި ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު ސިފައިންގެ އެހީތެރިކަމާއެކު އެމީހާ އެ ފަހާނައިން ވަނީ ނެރެފަ އެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އެމީހާއަކީ ބަލިވެ އުޅުނު މީހެއް ކަމަށް އާއިލާއިން މައުލޫމާތުދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.