ދިރާގު

ދިރާގާއި ސްޕާކްހަބް އެކުގައި "ސްޓާޓްއަޕް ވީކެންޑް"އެއް

ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް "ސްޓާޓް އަޕް ވީކެންޑް 2019" މި ހަފްތާ ބަންދުގައި ބާއްވަން ހަމަޖައްސައިފި އެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ހަރަކާތެކެވެ. އަދި މި މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި މި ޕްރޮގްރާމް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ފަންސާސް ހަތަރު ގަޑިއިރަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅަ އެވެ.

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓާޓް އަޕް ކަލްޗާއެއް ބިނާކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން، މިއީ ވިޔަފާރީގެ ދާއިރާގައި ކުރިއަރާ ދިއުމަށް ބޭނުންވާ މުހިންމު މައުލޫމާތު ތަކެއް ލިބިދޭނެ ވިޔަފާރީގެ ހުނަރު ތަރައްގީ ކޮށްދެވިގެންދާނެ ހަރަކާތެކެވެ. އަދި، ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި ބައްދަލުކޮށް ހިއްސާކުރާ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެ އެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ ބިނާ ކުރުމަށް ރާއްޖޭގައި އަލަށް ލީން ސްޓާޓްއަޕް މެޝިން ވަނީ ތައާރަފުކޮށްފަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންކަމަށްވާ "އޭންޖަލް ހެކް" އާއި ސްޓާޓް އަޕް ގްރައިންޑުގެ އެކްސް ސީރީސް ވެސް މީގެ ކުރިން ވަނީ ބާއްވާފަ އެވެ.