ދުނިޔެ

ރޮމޭނިއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

Nov 10, 2019

ސިޔާސީ މަސްރަހު މުޅިން ގަޑުބަޑުވެ އާ ބަދަލަކަށް ބޭނުންވެފައިވާ ރޮމެނީއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މި އިންތިހާބުގައި ރޮމެނީއާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަމިއްލަ ކެންޑިޑޭޓުން ހިމެނޭ ގޮތަށް 14 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާނެ އެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވަންވާ އާބާދީގެ އަދަދަކީ 18.2 މިލިއަން އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާމެދު ނަގާފައިވާ ހިޔާލު ހޯދުމުގެ ޕޯލް ތަކުން ދައްކާ ގޮތުގައި، ރޮމެނީއާގެ މިހާރުގެ ރައީސް އަދި ސެންޓާ ރައިޓް ޕާޓީގެ ލީޑަރު ކްލައުސް ލޯހަނިސް ވަނީ އެހެން ކެންޑިޑޭޓުންނަށް ވުރެ 40 ޕަސަންޓު އިތުރަށް ވޯޓު ލިބިފަ އެވެ.

ހިޔާލު ހޯދަން ނަގާ ވޮޓުތަކުން ދެން އެންމެ ކުރީގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއް ކަމަށްވާ މީރްސިއާ ޑިއޯކޮނޯއު އެވެ. އަދި ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ޑެން ބާރްނާ އެވެ. ޑެން ބަރްނާއަކީ ރޮމޭނިއާގެ ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.

ރޮމެނިއާގެ އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިޖެއްނަމަ މިމަހު 24 ވަނަ ދުވަހު ދެވަނަ ބުރުގެ އިންތިހާބުގައި ވޯޓުލުން ބާއްވާށެވެ.