ޖޭއެސްސީ

ސުޕްރީމް ކޯޓްގެ އެސްޖީ ވަކިކުރާ މައްސަލަ އެޖެންޑާކޮށްފި

Nov 11, 2019
8

ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަގާމުން ވަކިކުރަން އުޅޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައި އަންނަ ބުދަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތަަށް ހުަރަސް އަޅައި އޭނާ ޑީޖޭއޭއާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނަ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްވާ ކަމަށް ބަޔާންކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ހުށަހެޅުމުގެ ސިޓީއާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަައެއް ބަލަން ކޮމިޝަނުން ނިންމާފައި ވަނިކޮށް މި ހަފުތާގައި ސެކްރެޓަރީ ޖެނެރަލް ފާއިޒު ވަޒީފާއިން ވަކި ކުރަން މަސާއްކަތް ކުރަމުންދާ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ އެ ކޮމިޝަނުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ޑީޖޭއޭ އިން ގާނޫނު ތަންފީޒު ކުރަން ކުރާ މަސައްކަތްތަކަށް ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށާއި ގާނޫނު ތަންފީޒު ކުރަން ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރަން ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.