ގައުމީ ފިލްމް އެވޯޑްސް

ފިލްމް އެވޯޑްސް: އެންމެ މޮޅު ފިލްމަކީ؟

ނުވަ ވަނަ ފިލްމު އެވޯޑްސްގައި މި އަހަރު އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީތަކު ނޯމިނޭޝަންތައް އިއުލާނުކޮށްފައިވާއިރު އެންމެ މޮޅު ފަސް ފިލްމް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ފަސް ފިލްމަކީ މުންކޮގެ އިލް ނޮއިސް، ފައްތާހުގެ ހައްދު، ޔޫއްޕެގެ ދެވަންސޫރަ، ރަވީ އަދި ރިޝްމީގެ ވިޝްކާގެ އިތުރުން މޮގާގެ ވަކިން ލޯބިން ނެވެ.

ފިލްމު އެވޯޑްސްގެ މުހިންމު ކެޓަގަރީތަކުން ނޮމިނޭޝަން އިއުލާނުކޮށްފައިވަނީ، އެންމެ މޮޅު 5 އެކްޓަރު (އަންހެން)، އެންމެ މޮޅު 5 އެކްޓަރު (ފިރިހެން)، އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން)، އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން)، އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް) އަދި އެންމެ މޮޅު ފަސް ފިލްމް (ފީޗާ ފިލްމް) އެވެ.

މި ކެޓަގަރީތަކުން ނޮމިނޭޝަންއަށް ބަލާއިރު އެންމެ ގިނައިން ނޮމިނޭޓްވެފައިވަނީ މޮގާގެ ވަކިން ލޯބިން އަދި ޔޫއްްޕެގެ ދެވަންސޫރަ އެވެ. އޭގެ ފަހަތުން ފައްތާހުގެ ހައްދާއި، ރަވީގެ ވިޝްކާއެވެ.

"ވަކިން ލޯބިން" ނޮމިނޭޓްވެފައިވާ ކެޓަރީތައް

  • އެންމެ މޮޅު 5 އެކްޓަރުން (އަންހެން) - މަރިޔަމް މަޖުދާ
  • އެންމެ މޮޅު 5 އެކްޓަރު (ފިރިހެން) - މުހައްމަދު ޖަމިއްޔިލް ނިމާލް
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން) - ޚަދީޖާ އިބްރާހިމް ދީދީ
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން) - ނުޒުހަތު ޝުއައިބް
  • އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް) - އަލީ ޝިފާއު

"ދެވަންސޫރަ" ނޮމިނޭޓްވެފައިވާ ކެޓަރީތައް

  • އެންމެ މޮޅު 5 އެކްޓަރު (ފިރިހެން) - ޔޫސުފް ޝަފީއު
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން) - ފާތިމަތު އާޒިފާ
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން) - އިބްރާހިމް ޖިހާދު
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން) - އަލީ އާޒިމް
  • އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް) - ޔޫސުފް ޝަފީއު އަލީ

"ހައްދު" ނޮމިނޭޓްވެފައިވާ ކެޓަރީތައް

  • އެންމެ މޮޅު 5 އެކްޓަރު (އަންހެން) - މަރިޔަމް އައްޒަ
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (އަންހެން) - ފައުޒިއްޔާ ހަސަން
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން) - އަލީ އާޒިމް
  • އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް) - އަބްދުލް ފައްތާހް

"ވިޝްކާ" ނޮމިނޭޓްވެފައިވާ ކެޓަރީތައް

  • އެންމެ މޮޅު 5 އެކްޓަރު (އަންހެން) - އައިޝަތު ރިޝްމީ ރަމީޒް (ވިޝްކާ)
  • އެންމެ މޮޅު 5 އެކްޓަރު (ފިރިހެން) - ރަވީ ފާރޫގު
  • އެންމެ މޮޅު 5 ސަޕޯޓިން އެކްޓަރު (ފިރިހެން) - އަހުމަދު ސައީދު
  • އެންމެ މޮޅު 5 ޑައިރެކްޓަރު (ފީޗާ ފިލްމް) - ރަވީ ފާރޫގް

ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. މީގެ ތެރޭގައި ހިމެނެނީ 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތަކެވެ.

ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް ހޮވޭނީ ގިނަ ކެޓަގަރީތަކުން އެވޯޑް އުފުލާލާ ފިލްމެވެ. އެހެން ކަމުން މިހާރު ނޮމިނޭޝަންތައް ހުރިގޮތުން މޮޅު ފިލްމަކަށްވުމުގެ ފުރުސަތު އެންމެ ބޮޑު ފިލްމްތައް ވަޒަންކޮށްލެވޭނެ އެވެ.