ގައުމީ ފިލްމް އެވޯޑްސް

ފިލްމް އެވޯޑްސް: އެވޯޑް ގެންދާނީ ކޮން ތަރިންނެއް؟

ނުވަ ވަނަ ފިލްމު އެވޯޑްސް ހަފުލާ މިރޭ ބާއްވަން ވަނީ ތައްތާރުވެފައެވެ. އެވޯޑް ހަފުލާއަށް ވަގުތު ކުޑަތަންވަމުންދާއިރު މި އަހަރު އެވޯޑް ދޭން ނިންމާފައިވާ މުހިންމު ކެޓަގަރީތަކު ނޯމިނޭޝަންތައް ވަނީ އިއުލާނުކޮށްފަ އެވެ.

ފިލްމް އެވޯޑްސްގައި މިފަހަރު ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. މީގެ ތެރޭގައި ހިމެނެނީ 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތަކެވެ.

އާންމުންގެ އެންމެ ބޮޑު ޝައުގެއް ހުއްޓިފައިވަނީ އެންމެ މޮޅު އެކްޓަރު (އަންހެން) އަދި އެންމެ މޮޅު އެކްޓަރު (ފިރިހެން) އެވޯޑް އުފުލާލާނީ ކޮން ތަރިންނެއްތޯ ބެލުމަށެވެ.

އެންމެ މޮޅު 5 އެކްޓަރު (ފިރިހެން)

  • މުހައްމަދު މުންތަސިރު (އިލް ނޮއިސް)
  • ޔޫސުފް ޝަފީއު (ދެވަންސޫރަ)
  • ރަވީ ފާރޫގު (ވިޝްކާ)
  • މުހައްމަދު ޖަމައްޔިލް ނިމާލް (ވަކިން ލޯބިން)
  • އިސްމާއީލް ޒާހިރު (މަލިކާ)

މި ތަރިންނަށް ބަލާއިރު ގިނަ ބައެއްގެ ނަޒަރުގައި އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނީ ޔޫސުފް ޝަފީއު އަދި ރަވީ ފާރޫގެވެ. އެއީ ދެވަންސޫރާގައި ޔޫއްޕެ ދައްކައިދީފައިވާ މޮޅު އެކްޓިންއާއި، ވިޝްކާގައި ރަވީ ދައްކާފައިވާ މޮޅު އެކްޓިންގެ ސަބަބުންނެވެ.

ރަވީ އަދި ޔޫއްޕެއާއި ވާދަކުރަނީ މުންކޮ، ޖުމައްޔިލް އަދި އިސްމާއީލް ޒާހިރެވެ.

އިލް ނޮއިސްގައި މޮންކޮގެ އެކްޓިންއަށްވެސް ގިނަ ބަޔަކު ތައުރީފު ކުރިއެވެ. އަދި މަލިކާގައި އިސްމާއީލް ޒާހިރު ދައްކައިދީފައިވަނީ މޮޅު އެކްޓިންއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންވީމަ އެވޯޑްގެ ވާދަވެެރިކަން ބޮޑެވެ.

ދެން އޮތީ އެންމެ މޮޅު އެކްޓަރު (އަންހެން) އެވޯޑް އުފުއްލާލާނެ ތަރިއަކާމެދު ކުރެވޭ ބަހުސެވެ.

މި ކެޓަގަރީން އެންމެ ކުރީގައި އުޅެނީ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒައެވެ. އައްޒަ ވަނީ ދެ ފިލްމަކުން އެންމެ މޮޅު އަންހެން އެކްޓަރަކަށް ނޮމިނޭޓްވެފައެވެ. އެއީ މީ ލޯތްބަކީ އަދި ހައްދު މި ދެ ފިލްމުންނެވެ.

އައްޒައާއި އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ވިޝްކާއިން އައްޒަގެ ދައްތަ ރިޝްމީއާއި މަލިކާއިން ނުޒޫ އެވެ. އަދި ވަކިން ލޯބިންގައި މަޖޫ ދައްކާފައިވާ އެކްޓިންއިން މިއީ އެންމެ ވާދަވެރި ކެޓަގަރީއަށްވުން އެކަށީގެންވެއެވެ.

އެންމެ މޮޅު 5 އެކްޓަރު (އަންހެން)

  • މަރިޔަމް އައްޒަ (މީ ލޯތްބަކީ)
  • މަރިޔަމް އައްޒަ (ހައްދު)
  • އައިޝަތު ރިޝްމީ ރަމީޒް (ވިޝްކާ)
  • މަރިޔަމް މަޖުދާ (ވަކިން ލޯބިން)
  • ނުޒުހަތު ޝުއައިބް (މަލިކާ)

ފިލްމު އެވޯޑްސް ހަފްލާ އޮންނާނީ މި ރޭ 9:00 ގައި އޮލިންޕަހުގަ އެވެ.