ވިޔަފާރި

ކޯނޭ ލިފްޓް: ރައްކާތެރި، އަގު ހެޔޮ

Nov 17, 2019

ލިފްޓެއް ގަނެ އެޅުވުމަކީ ކަސްޓަމަރުން ނަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެއް ސަބަބަކީ މި ކަމަކީ އަގު ބޮޑު އިންވެސްޓްމަންޓަކަށްވުމާއެކު، ރާއްޖޭގައި ލިފްޓް ގެ ހިދުމަތް ދޭ އިތުބާރު ހިފޭ ކުންފުނިތަށް މަދުވުމާއި އިމާރާތް ތަކަށް ބޭނުންވާ ގޮތަށް އަމިއްލަ އަށް ފަރުމާ ކޮށްލެވޭނެ އޮޕްޝަންސްތައް މަދުވުމެވެ. ލިފްޓް އެޅުވުމުގައި ކުރިމަތިވާ އަނެއް ގޮންޖެހުމަކީ ބޮޑު ޖާގައެއް ނުގެއްލޭ ގޮތަށް ލިފްޓެއް އެޅުވުމެވެ. ނަމަވެސް ރާއްޖެ އަށް ތައާރަފުކޮށްފައިވާ ފިންލޭންޑްގެ ކޯނޭ ލިފްޓުގެ ސަބަބުން މި ބުރަކަން ވަނީ ފިލައިގެން ގޮސްފަ އެވެ.

އެ ކުންފުނިން ވިއްކާ ކޯނޭގެ ލިފްޓް ތަަކަކީ ޔޫރަޕިއަން ސްޓެޑަޑް އާއި އެގޮތަށް އުފައްދައިފައިވާ މޮޅު އުފެއްދުމެކެވެ. މި އުފެއްދުމުގެ މައިގަނޑު އަސާސަކީ ލިފްޓް ބޭނުން ކުރާ މީހުނާއި ސާވިސް ކުރާ މީހުންގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ބަލާނަމަ ވެސް މިއީ މޮޅު އުފެެއްދުމެކޭ ބުނެވިދާނެ އެވެ. ކަރަންޓް ދިޔުމުން މި ލިފްޓްގައި ތާށިވުން ފަދަ "ބިރު" ތަކުން ރައްކާތެރިކޮށްދޭ އުފެއްދުމަކަށެވެ. މި ބްރޭންޑްގެ ހުރިހާ ލިފްޓެއް ވިއްކަނީ އިމެޖެންސީ ބެޓްރީ ޑްރައިވް މޮޑިއުލްއާ އެކުގަ އެވެ. މީގެ ސަބަބުން ކަރަންޓް ދިއުމުން ލިފްޓް އެންމެ ކައިރީ ހުންނަ ފްލޯ އަކަށް ދިޔުމަށް ފަހު ދޮރު ހުޅުވެ އެވެ.

ތިމާވެއްޓާ ރަހުމަތްތެރި

މި ބްރޭންޑް ހާއްސަވާ އަނެއް ސަބަބަކީ މިގައި ބޭނުންކޮށްފައިވާ އިންވާޓާ ޓެކްނޮލޮޖީ އާއި ލިފްޓް އެޅުވުމުގައި ބޭނުންކުރާ އިކޯޑިސްކް ހޮއިސްޓިންގް މޯޓާ ޓެކްނޮލޮޖީ އެވެ. މީގެ ސަބަބުން ކަރަންޓް ގެ ހަރަދު ކުޑަކޮށްދިީ އިމާރާތުގެ ކާބަން ފުޓްޕްރިންޓް ދަށްކޮށްދެ އެވެ. މިއީ މި ޕްރޮޑަކްޓުން ކަސްޓަމަރުން ނަށް ލިބިގެންދާ އެންމެ ބޮޑް ހިތް ހަމަ ޖެހުމެވެ. އެސްޓީއޯ އިން ތައާރަފުކޮށްފައިވާ ކޯނޭ މި ލިފްޓައަކީ މެޝިން ރޫމް ލެސް ލިފްޓެކެވެ. އެހެންކަމުން މި ޓެކްނޮލޮޖީގެ ސަަބަބުން ޖާގަ ސަލާމަތް ކޮށްދެ އެވެ. މީގެ ސަބަބުން ގެ ބަހައިގެން ލިބޭ ކުޑަ ތަންކޮޅުގައިި ވެސް ޖާގަ ނުގެއްލޭ ގޮތަށް ލިފްޓް ބަހައްޓާލެވެ އެވެ.

ގަނެ އަޅުވާލަން ފަސޭހަ

"ގެއެއް ބަހާލައިގެން މި ލިބެނީ ގާތްގަނޑަކަށް 700 އެއްހާ އަކަފޫޓު އާއްމުކޮށް. އަނެއްކާ ލިފްޓު އަޅު ވަން ބޮޑު ޖާގައެއް ދޭ. އެހެންވެ، މި ލިފްޓް ފަރުމާކޮށްފައިވަނީ ލިފްޓް އަޅުވަން ދާ ޖާގަ ނުގެއްލޭނެ ގޮތަށް. އަޅުގަނޑުމެންގެ އަތުގައި އެބަހުރި 320 ކިލޯ ގްރާމުން ފެށިގެން 1600 ކޭޖީގެ ލިފްޓްތައް،" ކޯނޭ ލިފްޓުގެ އޮތޮރައިޒް ޑިސްރިބިއުޓަރު، އެސްޓީއޯގެ ސީނިއަ މެނޭޖަރު، އަބްދުލް މަޖީދު މުހައްމަދު ވިދާޅުވި އެވެ.

ކޯނޭ ލިފްޓް އަޅުވަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ އިން އެކަން ކޮށްދެ އެވެ. އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓް ދައްކާލުމުން ފަސޭހަކަމާއެކު އަޅުވާދެ އެވެ.

ކޯނޭގެ ލިފްޓްއަކީ އަމިއްލަ އަށް ފަރުމާކޮށްލެވޭ އުފެއްދުމެކެވެ. ކޯނޭ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ގޮތަށް އަމިއްލަ އަށް ލިފްޓް ޑިޒައިން ކޮށް، 3ޑީ ވިޝުއަލްސް ހަދާލެވެ އެވެ. ގިނަ އެވޯޑް ތަކެއް ލިބިފައިވާ ކޯނޭގެ ކާޑިޒައިން ޓޫލްއަކީ ކަސްޓަމަރުންގެ މެދުގައި ކޯނޭގެ މަގްބޫލްކަން އިތުރުވާ ސަބަބެކެވެ.

އަޅުވަނީ ތަޖުރިބާކާރު ޓީމަކުން

އެސްޓީއޯ އިން ވިއްކާ ކޯނޭ ލިފްޓް އެޅުވުމާ، ކޮމިޝަން ކުރުމުގައި މަސައްކަތް ކުރަނީ ތަޖުރިބާކާރު ޓީމަކުންނެވެ. ދިވެހިން ހިމެނޭ ގޮތައް އެކުލަވާލާފައިވާ މި ޓީމުގައި 20 އަހަރުވީ ތަޖުރިބާކާރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ރޫޓިން މެއިންޓަނެންސް މަސައްކަތްތަށް ކުރަމުން ވެސް ދާނީ ވެސް ހަމަ މި ޓީމުންނެވެ.

އެއް އަހަރުގެ ވޮރަންޓީ

ކޯނޭ ލިފްޓް ގަންނަ ފާރާތަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކު އަފްޓަ ސޭލްސް ސާވިސް ގެ ހިދުމަތް ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން ފޯރުކޮށްދެމުން ދާނެ އެވެ. "ކަސްޓަމަރުން ނަށް ލިބޭނެ އެންމެ ބޮޑު ޔަގީންކަމަކީ އަޅުގަނޑުމެން [އެސްޓީއޯ] އިން މިއަށް ރެސްޕޯންސިބަލް ވުން. އަޅުގަނޑުމެން ހަމައެކަނި ލިފްޓެއް ވިއްކާލަނީކީ ނޫން، އޭގެ ބަދަލުގައި އަޅުގަނޑުމެން މި ފޯރުކޮށްދޭނީ ކަންޓަމަރުން ބޭނުންވާ ޓޯޓަލް ސޮލިއުޝަން،" މަޖީދު ވިދާޅުވި އެވެ.

މުޅި ޔޫރަޕްގެ ހަތް ވަނަ އަށް އެންމެ އިނޮވޭޓިވް ކުންފުނީގެ ގޮތުގައި ރޭންކް ކުރެވިފައިވާ ކޯނޭ އަކީ 2018 ވަނައަހަރު ފޯބްސް މެގަޒިން އިން ހޮވާ ދުނިޔޭގެ މޮސްޓް އިނޮވޭޓިވް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހަމައެކަނި އެލަވޭޓާ އުފައްދާ ކުންފުންޏެވެ. މީގެ އިތުރުން ކޯނޭ ލިފްޓް އަޅުވާފައިވާ މަޝްހޫރު އިމާރާތްތަކުގެ ތެރޭގައި ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް އިމާރާތް ކަމަށްވާ ޖިއްދާ ޓަވަރާއި ސައުދީ އަރަބިއްޔާގައި ހުންނަ މަޝްހޫރު ކްލޮކް ޓަވަރުގެ އިތުރުން ސިންގަޕޫރުގެ މަޝްހޫރު މެރީނާ ބޭ ވެސް ހިމެނެ އެވެ.