ހަބަރު

މަންދޫ އިން ގެއްލުނު މީހާ ފެނިއްޖެ

އދ. މަންދޫ އިން ގެއްލިގެން ހޯދަމުން ދިޔަ ދުވަސް ވީ މީހާ އެރަށު ވަލުތެރެއިން ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު އެމީހާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މަންދޫގައި 83 އަހަރުގެ ފިރިހެނެއް ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 9:35 ހާއިރު ކަމަށާއި އެމީހާ ގެއްލުނު އިރު އެމީހާ ހުރީ މުންޑެއް އެކަނި ލައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މީހާ ހޯދުމުގެ މަސައްކަތް ކުރުމަށް އެރަށުގައި ފުލުހުންގެ ހާއްސަ ޓީމެއް ވަނީ މަސައްކަތްކޮށްފަ އެވެ.